ފުލުހުން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ މިއަދު މެންދުރުފަހު 2:15ގަ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނަކަށެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ލޮރީ ދުއްވަން އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އާނަންދުރައީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ލޮރީވެސް ވަނީ ޓޯކޮށްފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގައި މިފަދަ ހާދިސާތައް މީގެކުރިން ވެސް، މަދުން ނަމަވެސް ރާއްޖޭގައި ހިނގައިފައި އެބަހުއްޓެވެ.