
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އަދި މިހާތަނަށް ހައްޔަރުކުރި މީހާގެ ވަނަވަރު ވެސް އާންމެއް ނުކުރެ އެވެ.
ފުލުހުން އޮޕަރޭޝަނެއް ހިންގަމުން އަންނަނީ ތ. ތިމަރަފުށިން މީގެ ފަސް އަހަރު ކުރިން ހައްޔަރުކުރި މީހަކު، ޝަރީއަތަށް ނުފޫޒުު ފޯރުވާކަމުގެ މައްސަލައެއްގައިކަން ވަނީ އެނގިފައެވެ.
އެމީހަކީ 2020 ވަނަ އަހަރުގެ ފަހުކޮޅު ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ ކޮށްފައިވާ މީހެއްކަން "ސީއެންއެމް" އަށް ވަނީ އެނގިފަ އެވެ.