
ބޮޑުފުޅަދޫ ކައުންސިލުން ރައީސް ސާލިހަށް މި ޝަރަފު އަރުވާފައިވަނީ އެމަނިކުފާނުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި އެރަށަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންކަމަށް އެ ކައުންސިލުން ބުނެއެވެ.
ބޮޑުފުޅަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އައްޑަނަ ރައީސް ސާލިހަށް އެރުވީ އެރަށު ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ.
ބޮޑުފުަޅަދޫއަށް ރައީސް ސާލިހް މިއަދު ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހާބާއެއް ކިޔާފައެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ކިޔަން ނުކުމެފައެވެ.
ބޮޑުފުޅަދޫން ރައީސް ސާލިހަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން
ރައީސް ސާލިހުގެ ވެރިކަމުގައި ބޮޑުފުޅަދޫގެ ތަރައްްގީއަށް އެންމެ ބޮޑުކަމެއް ގޮތުގައި ކޮށްދެވިކަމެއްކަމަށް އެ ރަށު ރައްޔިތުން ދެކެނީ އެރަށުގެ ބިން ހިއްކާ ދިނުމެވެ. މިދިޔަ ވެރިކަމުގައި ވަނީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް 12 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިއާއެކު ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުތަކެއް ލިބިގެން ދިޔަކަމަށް އެ ރަށު ރައްޔިތުން ދެކެވެ.