
އެމަނިކުފާނު މިހެން ވިދާޅުވީ އއ. ބޮޑުފުޅަދޫ ކައުންސިލުން އެމަނިކުފާނަށް އެރުވި ހިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ ހަވާލުކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ގިނައިން ބައްދަލުކުރީ ކައުންސިލަރުންނާއި ކަމަށައި އެކަން އެގޮތަށް ކުރެއްވި ބޭނުމަކީ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުންކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެ ކަންކަމުގެ އަލީގައި ކަން ފާހަގަކުރައްވާ ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން "މުޅި އެތި އަނެއް ފުށަށް ޖަހަމުންދާ" ކަމަށެވެ.
މި ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް މާލީ ބާރުވެރިކަން ނައްތާލަމުންދާކަން ފާހަގަކުރައްވަމުން ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ކައުންސިލްތަކަށް ދޭ މާލީ އެހީ ބޮޑުކޮށް ބާރުތައްވެސް ކައުންސިލްތަކަށް ދޫކޮށްލާނެކަމަށެވެ.
ބޮޑުފުޅަދޫއަށް ރައީސް ސާލިހް ވަޑައިގަތުމުން އެރަށު ރައްޔިތުން މަރުހަބާ ކިޔުމުގެ ތެރެއިން
އއ. ބޮޑުފުޅަދޫން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް، ހިދުމަތުގެ އެންމެ މަތީ ޝަރަފު އަރުވާފައެވެ.
ބޮޑުފުޅަދޫ ކައުންސިލުން ރައީސް ސާލިހަށް މި ޝަރަފު އަރުވާފައިވަނީ އެމަނިކުފާނުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި އެރަށަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންކަމަށް އެ ކައުންސިލުން ބުނެއެވެ.
ބޮޑުފުަޅަދޫއަށް ރައީސް ސާލިހް މިއަދު ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހާބާއެއް ކިޔާފައެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ކިޔަން ނުކުމެފައެވެ.