ޖުޑިޝަރީ އަށް ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިއަދު ހެނދުނެވެ.
ރައީސްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި އެ ކޯޓުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ނިންމެވުން ހިމެނެނީ ޝަރުއީ ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ޓަކައި ނިންމެވި ތާރީހީ ނިންމެވުމެއްގެ ގޮތުގައި ކަމަށެވެ.
ޖުޑީޝަރީ އަށް މާލީ މިނިވަންކަން ނެތުމަކީ މިނިވަންކަމާ އެކު، މަސައްކަތް ކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި އެ ދާއިރާގެ ބޭފުޅުން އަބަދުވެސް ފާހަގަކުރައްވަ އެވެ.