މެޓް އޮފީހުން ބުނީ ހަފްތާގައި ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފުޓާއި ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.