ads
އެއާލައިންގެ ތާރީހީ ރެކޯދް ފާހަގަކުރަން ބޭއްވި ކޭކު ފެޅުމުގެ ތެރެއިން
1 ދުވަސްތެރޭ 7000 ފަސިންޖަރުން އުފުލައި ޓީއެމްއޭ އިން ރެކޯޑެއް ހަދައިފި
އެއް ދުވަހުގެ ތެރޭގައި 7000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ތާރީހީ ރެކޯޑެއް ހަދައިފިއެވެ.
Advertisement

އެ އެއާލައިނުން ބުނީ އިއްޔެ އަކީ އެ އާލައިންގައި ތާރީހީ ދުވަހެއްކަމަށެެވެ. އެގޮތުން އިއްޔެ އެކަނީ 7,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އުފުލާފައިވާކަމަަށް އެކުންފުނިން ބުނެއެވެ. އަދި އެ ދަތުރުތަކުގައި 800 ވުރެ ގިނަ ފްލައިޓް ފްލައިޓް (ޓޭކް-އޮފް އަދި ލޭންޑިން) ފުރިހަމަކޮށްފައިވާ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ. 

މި ތާރީހީ ކާމިޔާބު ފާހަގަކުރުމަށް ޓީއެމްއޭއިން އިއްޔެ ވަނީ މުވައްޒަފުންނާއި އެކު ކޭކެއް ފަޅާފައެވެ. 

ޓީއެމްއޭއިން ބުނީ މި ކާމިޔާބު ދައްކުވައިދެނީ އެ ކުންފުނީގެ ފްލައިޓްތައް އޮޕަރޭޝަނަށް ތައްޔާރުވެފައިވާ ވަރުގަދަކަމާއި، ގިނަ އަދަދެއްގެ ދަތުރުތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން ހުރިކަންކަމަށެވެ. 

your imageޓީއެމްއޭގެ ފްލައިޓެއް ޖައްސަނީ

ޓީއެމްއޭއަކީ މިވަގުތު ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. އެ ކުންފުނީގެ ފްލީޓްގައި މިވަގުތު 66 ފްލައިޓް އޮވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް