ރައީސް މައުމޫނުގެ އޮފީހުން ބުނީ އެކަމަނާ އިންފެކަޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފަވާކަމަށެވެ. ފަރުވާ ކުރިއަށްދާއިރު، އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް، ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ރައީސް މައުމޫނުގެ އޮފީހުން އިތުރަށް މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި އަޅާލުން ފާހަކުރައްވާ، އާއިލާގެ ފަރާތުން ޝުކުރު އަދާކުރާކަމަށެވެ.
ހެޔޮއެދޭ ފަރާތްތަކުންނައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުއާތަކާއި މެސެޖުތަކުން އާއިލާ އަށް ބޮޑު ހިިތްހަމަޖެހުމެއް ލިބެމުން އަންނާތީ އެކަމަށްޓަކައި ވެސް މައުމޫންގެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.