ads
އެޗްޑީސީއާއި އަލް އަސްރުން އެމްއޯޔޫގައި ސޮއިކުރުން - ފޮޓޯ/ އެޗްޑީސީ
ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް އަލް އަސްރާއެކު އެޗްޑީސީން ސޮއިކޮށްފި
ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ހިންގުމަށް، އަލް އަސްރު ޖަމްއިއްޔާއާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކުންފުނީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ. އަދި އަލް އަސްރުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ސަމޫހެވެ.

އެޗްޑީސީން ބުނީ އެއް އަހަރު ދުވަހުގެ އެ އެމްއޯޔޫގެ ދަށުން، އަލް އަސްރުގެ ފަރާތުން ހުޅުމާލޭގައި ހިލޭ ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމުގެ އިތުރުން ދީނީ ދަރުސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ހަފުތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ގުރުއާން ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ސެޝަންއެއްގައި 15 ކުދިންނަށް ބައިވެރިވެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. 

އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ސޮއިކުރެވުނު މި އެއްބަސްވުމަކީ، ދީނަށް ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އަމާޒެއްކަމަށް އެޗްޑީސީން ބުންޏެވެ. 

ދީނީ ޖަމިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރިވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަލް އަސްރާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވެސް މީގެ ކުރިން ދީނީ އެކި މަސައްކަތްތައް ކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް