ads
ދައުރު ނޫހުގެ އަހްމަދު ނާއިފް
އެމްޖޭއޭގެ ރައީސް ކަމަށް ނާއިފް، ނައިބަކަށް ޝަހުޒާން
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އާ ރައީސަކަށް ނޫސްވެރިޔާ އަހުމަދު ނާއިފު ރޭ އިންތިހާބުކޮށް ފި އެވެ.
Advertisement

ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ބޭއްވި އެމްޖޭއޭގެ އިންތިހާބުގައި ވޯޓުލި 42 މެންބަރުންގެ ތެރެއިން ރައީސްގެ މަގާމަށް ދައުރުގެ ނޫސްވެރިޔާ ނާއިފް ހޮވަން ވޯޓުދިނީ 40 މެންބަރުންނެވެ. ނައިބަކަށް އަދަދު ނޫހުގެ ޝަހުޒާން ހޮވަން ވޯޓުދިނީ 33 މެންބަރުންނެވެ.

އިންތިހާބުގައި އެމްޖޭއޭގެ ސެކެޓްރީ ޖެނެރަލްއަކަށް 31 ވޯޓުން ހޮވުނީ އެ އެސޯސިއޭޝިއަންގެ މިހާރުގެ ރައީސް ވަން އޮންލައިންގެ އަލީ ރިފްޝާން އެވެ. ބަޖެޓު ސެކެޓްރީއަކަށް ހޮވުނީ 37 ވޯޓާއެކު ދައުރު ނޫހުގެ މުހައްމަދު އުސާމް އެވެ.

އެމްޖޭއޭގެ އަންހެން ދެ މެންބަރުންނަށް ހޮވުނީ އެމްވީ ޕްލަސްގެ ނަޝާމާ މުހައްމަދު އަދި މާއްދާ ހަތަރެއްގެ މަރިޔަމް ޒަހާ ހޮވުނުއިރު، އާންމު މެންބަރަކަށް އިބްރާހިމް މާހިލް ވަނީ ހޮވިފަ އެވެ.

އެމްޖޭއޭގެ ދައުރަކީ ތިން އަހަރުގެ ދައުރެކެވެ. މިހާރު ކުރިއަށްދާ ދައުރު އަންނަ އަންގާރަ ދުވަހަށް ހަމަވާއިރު، އެ ދުވަހު އާ އެކްސްކޯ އިން މަގާމާ ހަވާލުވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް