ads
ދުންފަތް އަދި ސިނގިރޭޓު
ވަގަށް ނެރުނު ސިނގިރޭޓަށް 20 މިލިއަނުގެ ހުކުމެއް
މީގެ ހަތް އަހަރު ކުރިން، އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކޮށް، ކަސްޓަމްގައި ބޮންޑްކޮށްފައިވާ ސިގިރޭޓްތަކެއް ވަގަށް ބޭރު ކުރި މައްސަލައާއި ގުޅިގެން، އޭގެ ޑިއުޓީއަށް 20 މިލިއަން ރުފިޔާ، ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފިއެވެ.
Advertisement

އެސްއެމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ މައްޗަށް މި ހުކުމް ކުރީ، އެ ކުންފުނީގެ ގައިރު ހާޒިރުގައެވެ. ޓްރޭޑް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި އެސްޖީއެމް ކުންފުނީގެ ބޯޑުގައި ތިބެނޭ މުހައްމަދު ފަރުސީދު ކިޔާ މީހަކާ ޔޫސުފް އުމަރު ކިޔާ މީހެކެވެ. އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ، 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެ ހަފްތާތެރޭ ދައްކައި ހަލާސް ކުރުމަށެވެ.

މިއީ 2018 ވަނަ އަހަރު، އެތެރެކުރި ސިގިރޭޓްތަކެއްގެ މައްސަލައެވެ. 2018 ވަނަ އަހަރުގެ އޭޕްރީލް އަދި ޖޫން މަހު ރާއްޖެ އެތެރެކުރި ގާތްގަނޑަކަށް ހާހެއްހާ ކޭހުގެ މި ސިގިރޭޓް، ކަސްޓަމްގެ ބޮންޑުން ބޭރު ކުރީ ވަގަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

މައްސަލައިގައި ދައްކަން ޖެހޭ ކަމަށް އެ ކުންފުނީގެ މައްޗަށް ހުކުމް ކުރި 20 މިލިއަން ރުފިޔާއަކީ ސިގިރޭޓްގެ ޑިއުޓީއަށް ދައްކަން ޖެހޭ ފައިސާއެވެ. އެ ފައިސާ ހޯދަން ދައުވާ ކުރީ މި އަހަރުއެވެ. ކަސްޓަމްސުން އެދުނީ އެ ފައިސާ އެއް ފަހަރާ ހޯދުމަށެވެ.

ޓްރޭޑް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި އެސްޖީއެމް ކުންފުނީގެ ބޯޑުގައި ތިބެނޭ މުހައްމަދު ފަރުސީދު ކިޔާ މީހަކާ ޔޫސުފް އުމަރު ކިޔާ މީހެއް ކަމަށް އޮތަސް، މި ދެ މީހުންވެސް އެޕޮއިންޓްކޮށްފައިވަނީ ސިގިރޭޓްތައް އެތެރެ ކުރިކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ތާރީހުގެ ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް