ads
ލޮރީ ދަށުވެ ސީރިއަސްވި މީހާ ވޯޑަށް، 53 އަަހަރުގެ މީހެއް
ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ލޮރީއެއް ދަށުވެ ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް މިހާރު ފަރުވާދެމުން އަންނަނީ ވޯޑުގައި ބާއްވައިގެންކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
Advertisement

މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި ލޮރީއެއް ދަށުވެސް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަނީ ލަންކާގެ ރައްޔިތަކަށެވެ. 

އައިޖީއެމްއެޗުން ބުނީ މި މިހާއަށް މިހާރު ފަރުވާދެމުން އަންނަނީ ވޯޑުގައި ބާއްވައިގެންކަމަށެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ. 

ފުލުހުން ބުނީ ހުކުރު ދުވަހު ހިނގި މި ހާދިސާގެ ރިޕޯޓް ލިބުނީ އެދުވަހު މެންދުރުފަހު 2:15ގައި ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގީ އެމިހާ އެކްސްކެވޭޓަރެއްގެ ކައިރި މަސައްކަތް ކުރަން ހުއްޓައި ލޮރީއަކުން ޖެހި ވެއްޓި، ލޮރީ އޭނާގެ ގައިމަތިން ދިޔުމުން ކަމަަށެވެ. 

މި އެކްސިޑެންޓާ ގުޅިގެން ލޮރީ ދުއްވަން އިން އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އާނަންދުރައީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ލޮރީވެސް ވަނީ ޓޯކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް