ads
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓުން ސައިކަލެއް ވަގަށް ނެގި މީހާ އެއް އަހަރަށް ޖަލަށް
ހިޔާ ފްލެޓް، ޓަވަރު 11 އިން ސައިކަލެއް ވަގަށް ނެގި މީހަކަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
Advertisement

ހުޅުމާލޭ ފޭސް 2، ހިޔާ ޓަވަރު 11 ބޭސްމަންޓުން ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ޖަލަށްލީ ސ،. ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއުއެވެ. މިއީ މިދިޔަ ޖޫން މަހު ހިނގި ވައްކަމެކެވެ. 

މި މައްސަލައިގައި ދައުލަތުން ޝަފީއުގެ މައްޗަށް އުފުލާފައިވަނީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ޝަފީއު ވަގަށް ނެގި ސައިކަލު ފެނުނީ، ގެއްލުނުތާ ތިން ދުވަސް ފަހުން މާލޭން، ޝަފީއު ސައިކަލުގައި އިންދައެވެ. ޝަފީއުވަނީ ޝަރީއަތުގައި، ސައިކަލު ވަގަށް ނެގި ކަމަށް އެއްބަސްވެފައެވެ.  

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް މިދިޔަ ހަފްތާގައި އިއްވީ، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުކެމެވެ. އެކަމަކު، ސައިކަލު ވަގަށް ނެގި މައްސަލައިގައި ކުރިން އޭނާ ބަންދުކޮށްފައިވާ 15 ދުވަސް، ހުކުމުން އުނިކުރާނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް