
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
އުމުރުން 19 އަހަރުގެ ޒުވާނަކު އުމުރަށް ޖަލަށް
އަހުމަދު ހަސަން
13 ސެޕްޓެމްބަރ 2025 - 13:37:02
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރުން އެންމެ 19 އަހަރުގެ ޒުވާނަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މި ޒުވާނާގެ މައްޗަށް ދައުލަތުން ދައުވާކުރީ، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގައެވެ.
އެ މައްސަލައިގެ ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެ ހާދިސާގައި އެ ޒުވާނާ އެއްލާލި ކޮތަޅަކުން މަސްތުވާތަކެތި ފެނުނެވެ.
މި މައްސަލައިގައި އެ ޒުވާނާއަށް ކުރެވުނު ތުހުމަތުތަކަށް އޭނާވަނީ ޝަރިއަތުގައި އިންކާރު ކޮށްފައެވެ. އެހެންނަމަވެސް މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުވާކަމަށް ކޯޓުން ނިންމިއެވެ.
މި މައްސަލައިގައި، ކޯޓުން ހުކުމް ކުރީ، 25 އަހަރު ދުވަހަށް އެ ޒުވާނާ ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް