ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
މީޑިއާ ބިލްގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އާޓިފިޝަލް ބީޗުގައި ހާއްސަ ފޯރަމެއް
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި ހުރި ކަންބޮޑުވުންތައް އާންމުންނަށް ކިޔައިދިނުމަށް ހާއްސަ ފޯރަމެއް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

"ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބާއްވާ ފޯރަމް އޮންނާނީ ރޭގަނޑު 8:45 ގައި އާޓިފިޝަލް ބީޗުގަ އެވެ.

އެމްޖޭއޭއިން ބުނީ ފޯރަމް ކުރިއަށްދާނީ "އޯޕަން މައިކް" އުސޫލުން ބިލާ ގުޅޭ ގޮތުން އެންމެނަށް ވެސް ހިޔާލުފާޅުކުރެވޭ ގޮތަށް ކަމަށެވެ. ބިލާ ގުޅޭ ގޮތުން އާންމުންގެ ހުރި ސުވާލުތަކަށް ނޫސްވެރިކަމާއި ގާނޫނީ ދާއިރާ އަދި ހިޔާލުފާޅުކުރުމުގެ ހައްގުގެ ދާއިރާގެ ތަޖުރިބާކާރުން ޖަވާބުދެމުން ދާނެ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ. 

ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި އެމްޖޭއޭއިން ފޯރަމެއް ބާއްވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާ ގުޅިގެން އާންމު އެތައް ރައްޔިތުންނަކާއި ނޫސްވެރިންގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގަ އެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން 40 އަށްވުރެ ގިނަ މީޑިއާއިން 150 އަށްވުރެ ގިނަ ނޫސްވެރިން އަދި ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލާފަ އެވެ.

މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ފާސްކޮށް ބިލު ތަސްދީގުކޮށްފިނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެ ވެއެވެ.

މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި ނަމަވެސް ސަރުކާރަށް ތާއީދުކޮށްގެން އިންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ބިލު ގެންދިޔައީ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.

ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް