މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އުމުރުފުޅުން 74 އަހަރުގެ ނަސްރީނާ އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް ޓަކައި މިދިޔަ ހަފުތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.
މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަސްރީނާގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި މިހާރު ވަނީ ގެޔަށް ދޫކޮށްލައިފައި ކަމަށެވެ.
ނަސްރީނާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އޯގާތެރިކަމާއި އަޅާލުން ލިބިފައިވާތީ އާންމުންގެ ހެޔޮ އެދުމުގެ މެސެޖުތައް ލިބިފައިވާތީ މައުމޫންގެ އޮފީހުން ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.