ads
ކުރިން އަތުލައިގަނެފައިވާ ޑްރަގް
ޑްރަގްގެ ބޮޑު ކޭސްއެއްގައި ހިމެނޭ މީހަކު 18 އަހަރަށް ޖަލަށް
ޑްރަގްގެ ބޮޑު ކޭސްއެއްގައި ހިމެނޭ މީހަކު 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

މިއީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލި ކޭސްއެވެ. 

މި ކޭސްގައި ހިމެނޭ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން މިދިޔަ އަހަރު އުމުރަށް ޖަލަށްލާފައިވާއިރު، ފަހު މީހާގެ މައްޗަށް ހުކުމް އިއްވީ މިދިޔަ ހަފްތާގައެވެ.

12 ޖަނަވަރީ 2021 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މި މައްސަލައިގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢިލް ޝަރީފް، މއ. ޙަސްލަތު، ޝާނިޔާ އިބްރާހީމް، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ޙަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށްލުމަށްވަނީ ކުރިން ހުކުމްކޮށްފައެވެ.

މި ކޭސްގައި ހިމެނޭ ފަސްވަނަ މީހަކީ، ޅ. ހިންނަވަރު، ސުވާސާގެ، މުޙަންމަދު އަފްލާޙް ޢަބްދުﷲ އެވެ. އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަފްލާހުގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމަކާއެކު، 200،000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއެވެ.

މި ކޭސްއަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރި ފުރަތަމަ ކޭސްއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް