ads
ނޭޕާލްގެ ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރު ސުޝިލާ ކަރްކީ
ނޭޕާލްގެ އާ ބޮޑުވަޒީރަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު
ނޭޕާލުގައި ކުރިޔަށް ދިޔަ މުޒާހަރާތަކާ އެކު ބޮޑުވަޒީރުކަމުގެ މަގާމުން ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ އިއްޔެ ސަރުކާރާ ހަވާލުވެ މަގާމުގެ ހުވާކުރެއްވުމާ އެކު ނޭޕާލް އަށް ހަމަ ޖެހުން ލިބިއްޖެ އެވެ.
Advertisement

ނޭޕާލްގެ ބޮޑުވަޒީރުގެ ގޮތުގައި ސުޝިލާ އިއްޔެ މަގާމުގެ ހުވާކުރައްވާފައި ވާއިރު ސިފައިން ވަނީ ކާފިއުތަކަށް ލުއި ދީ، މަގުތަކުން ސިފައިންނާއި ފުލުހުން މަދުކޮށްފަ އެވެ.

އާންމުން ވެސް ކުރީގެ ދިރިއުޅުމަށް އެނބުރި ދާން ފަށައި ފިހާރަތަކާއި އޮފީސްތައް ވަނީ ހުޅުވަން ފަށައިފަ އެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާ އެކު މުޒާހަރާތައް ފެށުނަސް ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއަކަށް ބަދަލުވެ ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ގާނޫނުހަދާ މަޖިލީހާއި ސިޔާސީ ބައެއް ބޭފުޅުންގެ ގެދޮރުގައި ވަނީ ހުޅުޖަހައިފަ އެވެ. 

އަދި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 51 މީހަކު ވަނީ މަރުވެފަ އެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅިގެން ޒުވާނުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ޕްރެޝަރު ބޮޑުވެ އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދެއްވާފައި ވަނީ 9 ސެޕްޓެމްބަރު ގައި އެވެ.

ބޮޑުވަޒީރު ޝަރުމާ އިސްތިއުފާ ދެއްވަން ފުރަތަމަ ދެކޮޅު ހެއްދެވި ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ސިފައިންގެ އިސްވެރިންގެ އެދުމުގެ މަތިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮރަޕްޝަންގެ މައްސަލައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުލަންފެށީ އޮންލައިންކޮށެވެ. ނަމަވެސް މައްސަލަ އިތުރަށް ހޫނުވެ، ބޮޑު މުޒާހަރާއަކަށް ބަދަލުވީއެވެ.

އެކަމުގައި އެތައް ހާސް ޒުވާނުންނާއި ދަރިވަރުން ބައިވެރިވުމުގެ ސަބަބުން މި މުޒާހަރާއަށް ވަނީ 'ޖެން-ޒީ ރިވޮލިއުޝަން' ގެ ނަމުން ނަން ދީފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލިސް އިމާރާތް ހުންނަ ސަރަހައްދަށް އެއްވެ، އެ އިމާރާތުގެ ގޭޓުގައި އަލިފާން ރޯކޮށްލާފަ އެވެ. އެހެންވެ ނޭޕާލް ސަރުކާރުން ވަނީ ބަޑި ޖަހައި މީހުން މެރުމުގެ ހުއްދަ ދީ އަމުރެއްވެސް ނެރެފަ އެވެ.

ނަމަވެސް މިހާރު ހަލާތުގެ ހަމަ ޖެހިމުން އަންނަ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް