ads
އާމިރު ހާން
"ލާލް ސިންގް ޗައްޑާ" ދިޔައީ ބޭނުން ވި ގޮތަކަށް ނޫން: އާމިރު
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އާމިރު ހާން، އޭނާގެ ފަހުގެ ފިލްމު 'ލާލް ސިންގް ޗައްޑާ' އާންމުންގެ ތެރޭގައި އެދެވޭ ކާމިޔާބީއެއް ނުލިބުމާ ގުޅޭގޮތުން ހިތާމަ ފާޅު ކޮށް މި ފިލްމު ބެލުންތެރިންގެ މެދުގައި މަގުބޫލު ނުވެ، ބޮކްސް އޮފީހުން ވެސް އެދެވޭ އާމްދަނީއެއް ނުލިބުނު ސަބަބާއި މެދު ވާހަކަ ދައްކައިފި އެވެ.
Advertisement

އޭނާ މި ވާހަކަ ދައްކާފައިވަނީ އޭ.ޕީ.ބީ އައއިޑިއާސް އޮފް އިންޑިއާ ސަމިޓް 3.0 ގައި ވާހަކަ ދައްކަމުން އެވެ. އާމިރު ބުނީމި ފިލްމު ހަދަމުން ދިޔައިރު، އޭނާއާއި ޓީމަށް ވަރަށް ބޮޑަށް އަމިއްލަ ނަފްސަށް އިތުބާރު ކުރެވި، ހުރިހާ ކަމެއް ވެސް ރަނގަޅަށް ކުރެވޭ ކަމަށް ހީވި ކަމަށެވެ. ނަމަވެސް، ފިލްމު ނެރުމަށްފަހު ފެނުނީ ތަފާތު މަންޒަރެއް ކަމަށާއި އޭނާ ބޭނުން ވި ގޮތަށް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބި، އެކަން ވެގެން ދިޔައީ ބޮޑު ކަންތައްގަނޑަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ

މި ތަޖުރިބާއިން އެތައް ކަމެއް ދަސްވިކަން އާމިރު ބުނެއެވެ. ފިލްމު ކާމިޔާބު ނުވުމަކީ އޭނާއަށް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމެއް ނަމަވެސް، އެކަމުގެ ސަބަބުން އޭނާގެ ނިންމުންތަކާއި މަސައްކަތްތަކާ މެދު އަލުން ވިސްނާލުމަށް މަޖުބޫރުވި ކަމަށް ވެސް އޭނާ ބުނެ އެވެ. 

އާމިރު ވަނީ އޭނާއަށް ތާއީދު ކުރާ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބެލުންތެރިންނަށް ކަމުދާ ފިލްމުތައް ހުށަލަޅާނެ ކަމަށް ވައުދުވެފައެވެ.

މިހާރު އާމިރު އަންނަނީ ފިލްމުތަކުގެ ވާހަކަތައް އިތުރަށް ރަނގަޅުކޮށް، މޮޅަށް ހުށަހެޅުމަށް ސަމާލުކަން ދެމުންނެވެ. އޭނާ އުންމީދު ކުރަނީ އޭނާގެ ކުރިއަށް އޮތް މަސައްކަތްތަކާއެކު، ކުރިއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދައި، ވަރުގަދަކޮށް އެނބުރި އައުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް