ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އޭލެވެލް ކިޔަވާ ކުދިންގެ އަދަދު 49 ފަސެންޓަށް އިތުރުވެއްޖެ: ޝަފީއު
އޭލެވެލް ފެންވަރުގައި ތައުލީމު ހާސިލުކުރުމަށް ސަރުކާރުން މިހާރު ތައާރަފުކޮށްފައިވާ އެކިއެކި ލުއިފަސޭހަތަކުގެ ސަބަބުން، މި މަރުހަލާގައި ކިޔެވުމަށް ކުރިމަތިލާ ދަރިވަރުންގެ އަދަދު 49 އިންސައްތަ އިތުރު ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

ޝަފީއު މިހެން ވިދާޅުވީ ޕީއެސްއެމް އަށް ދެއްވި އިންޓާވިއު އެއްގައި ވާހަކަ ދައްކަމުންއެވެ. 

ދިވެހިރާއްޖޭގައި އޭލެވެލް އުނގެނުމުގެ ޖާގަ ވީހާވެސް ގިނަ ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން 11 އަދި 12 ވަނަ ގްރޭޑަށް ކުދިން ވެއްދުމުގެ މިންގަނޑުތައް މިދިޔަ މަހުގެ ތެރޭގައި ވަނީ އިސްލާޙު ކުރެވިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި މަތީ ސާނަވީ ތައުލީމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެ ވެއެވެ.

މިކަން ސާބިތުކޮށްދޭ ހެއްކެއްގެ ގޮތުގައި 2023 ވަނަ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޭލެވެލްއަށް ވަދެފައިވާ ދަރިވަރުންގެ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު މަތިވެފައިވާކައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ދެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ދެ އަހަރު ކުރިން އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 32 އިންސައްތަ ނުވަތަ 2,100 ދަރިވަރުން އޭލެވެލްއަށް ވަދެފައިވާއިރު، މިއަހަރު މި ނިސްބަތް 49 އިންސައްތައަށް އަރާފައިވެއެވެ. މިއީ 3,200 ދަރިވަރުންނެވެ. 

މިއާއެކު، މިނިސްޓަރު މި ކުރިއެރުމަކީ ވަރަށް ފާހަގަކޮށްލެވޭ އަދި މުހިންމު ކުރިއެރުމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މި ތަފާސްހިސާބުތަކުން ދޭހަވަނީ، ރާއްޖޭގެ ތައުލީމީ ދާއިރާގައި މަތީ ސާނަވީ ތައުލީމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެ، ދަރިވަރުންނާއި ބެލެނިވެރިން މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިސްކަންދޭކަމެވެ. މިއީ ގައުމުގެ މުސްތަގުބަލަށް އުއްމީދީ ކުރިމަގެއް ކަށަވަރުކޮށްދޭ ކަމެއްކަމުގައި ބެލެވެ އެވެ.                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް