ads
މަތީ ތައުލީމް: ފޮޓޯ ވިލާކޮލެޖް
ލޯނާއި ސްކޮލަޝިޕްސްގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ހަރަދުކޮށްފި
މިދިޔަ 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ލޯނާއި ސްކޮލަޝިޕް އަދި ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން 1.7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ
Advertisement

ހަޔާ އެޑިއުކެކޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ސަރުކާރުން ކުރާ ބޮޑު ހަރަދެއްކަން ފާހަގަކޮށްލެވެއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.065 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ސްކޮލަޝިޕްތަކަށް 368 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުން ފެށިގެން ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި 666 އަންހެން ދަރިވަރުންނާއި 560 ފިރިހެން ދަރިވަރުން ހިމެނެއެވެ. މިއަހަރު އެކަނިވެސް 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންނެވެ.

ލޯނާއި ސްކޮލަޝިޕްގެ އިތުރުން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމުގެ ޕްރޮގްރާމަށްވެސް ސަރުކާރުން ވަނީ ބޮޑު ހަރަދެއް ކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 4469 ދަރިވަރަކަށް 267 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިހާރުވެސް 8330 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އަންނަ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް