ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި މި ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި މި ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ހިމެނެ އެވެ.
ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި މިދާއިރާއިން ކެރިއާ ބިނާ ކުރާނެ ގޮތާއި މެންޓަރޝިޕް ސެޝަނެއްވެސް ބޭއްވުނެވެ.
އަދި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލްއިން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓާ ސިސްޓަމެއް ހަދިޔާ ކުރިއެވެ.
މިއީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމަށް ހިންގޭ މި ޕްރޮގްރާމްގެ ވިދިވިދިގެން ތިންވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގަ އެވެ.