ފުލުހުން ބުނީ އެ އިދާރާ އަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރި ތަހުގީގުގައި އެނގެނީ އެފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންގެ ބައިވެރިވުން އޮންނަ ކަމަށެވެ.
އެހެންވެ، ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ތަން ބަލައިފާސްކޮށްފައިވާއިރު، ފުލުހުން ބުނީ އެތަނުން އެކި ބްރޭންޑުތަކުގެ 33 ފޯނާއި އިޔާޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖުކުރާ ކޭބަލާއި ސިމްކާޑު ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ސްކޭމްގެ މައްސަލަތައް ފެންމަތިވާ މިންވަރު މިފަހުން ވަނީ އިތުރުވެފަ އެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދަ އެވެ.