ފުލުހުން ބުނީ މި ހަމާލާގައި ޒަހަމްވެފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކަށްކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ޒުވާނާއަށް ހަމަލާދީފައިވަނީ ފަތިހު 5:15 ހާއިރު ކަމަށެވެ. އެހެންނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.