ads
ޝިފާނާ އަބްދުއްސައްތާރު
ކިލޯއެއްގެ ޑްރަގާއެކު ހައްޔަރު ކުރި އަންހެން މީހާ ކޯޓުން ދޫކޮށްލައިފި
ކިލޯއެއްގެ ޑްރަގާއެކު ހައްޔަރު ކުރި އަންހެން މީހާ ކޯޓުން ދޫކޮށްލައިފި އެވެ.
Advertisement

ޝިފާނާ އަބްދުއްސައްތާރު ކިޔާ މި އަންހެން މީހާއަކީ، ކިލޯއެއްގެ ޑްރަގާއި ގިނަ އަދަދެއްގެ ފައިސާއާއި އެކު އިތުރު މީހަކާއެކު މިދިޔަ މެއި މަހު ހައްޔަރު ކުރި މީހެކެވެ.  

ފުލުހުން އޭރު ބުނީ މި ދެމީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައިކަމަށެވެ.

ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، ޝިފާނާ އަބްދުއްސައްތާރު (38އ) އާއި އެކު އޭރު ހައްޔަރު ކުރީ، މއ. ދަގަނޑުކެޑިގެ / މާލެ، ހަސަން ނިމާލު (44އ) އެވެ. ކޯޓުން ޝިފާނާ ދޫކޮށްލީ ޝަރުތު ކުރުމަށް ފަހުއެވެ.

ޝިފާނާ ދޫކޮށްލި ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ބަންދު މަޖިލީހަށް އަށް ފަހަރު ހާޒިރު ކުރިއެވެ.

ފުލުހުން އޭރު ބުނީ ޝިފާނާ ހައްޔަރު ކުރި އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އެގެ ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެެއެވެ. 

އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމު ހުރިކަމަށްވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް