
މީ އޭގެ ކުރީމަހާ އަލާ ބަލާއިރު އަށް އިންސައްތަ މަދު އަދަދެކެވެ. އޭގެ ކުރީ މަހު ޔޫޒަބަލް ރިޒާވުގައި ހުރީ 213 މިލިއަން ރުފިޔާއެވެ.
މަރުކަޒީ ބޭންކްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ރިޒާވް އެހާ ބޮޑަށް ދަށްވީ، އިމްޕޯޓާއި ދަރަނި އަދާކުރުމަށް ކުރި ހޭދަ ވަރަށް ބޮޑަށް އިތުރުވުމުންނެވެ. ދަރަންޏާއި އިމްޕޯޓު ހަރަދުތައް ހަމަޖެއްސުމަށް "ޝޯޓް-ޓާމް ނެޓް ޑްރެއިންސް" ގެ ގޮތުގައި އޮގަސްޓް މަހު 736 މިލިއަން ޑޮލަރު ހޭދަކުރިކަމަށް އެމްއެމްއޭގެ ހިސާބުތައް ދައްކައެވެ.
އެއީ އޭގެ ކުރީ މަހަށް ވުރެ ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.
ޔޫޒަބަލް ރިޒާވު ދަށްވި ނަމަވެސް ރަސްމީ ރިޒާވް ވަނީ ހަތަރު އިންސައްތަ އިތުރުވެފައެވެ. ރަސްމީ ރިޒާވުގައި މިދިޔަ މަހު 810 މިލިއަން ޑޮލަރު ހުއްޓެވެ. ޖުލައި މަހު އެ އަދަދު ހުރީ 775 މިލިއަން ރުފިޔާގައެވެ.
މި އަހަރުގެ މިހާތަނަށް ރިޒާވް އެންމެ ބޮޑަށް އުފުލުނީ އޭޕްރީލް މަހުއެވެ. އެ މަހު ރިޒާވުގައި 856 މިލިއަން ޑޮލަރަށް އެރިއެވެ. ރިޒާވް އެންމެ ދަށްވީ ޖެނުއަރީ މަހުއެވެ. އެ މަހު ރިޒާވު ވަނީ 708 މިލިއަން ރުފިޔާއަށް ވެއްޓިފައެވެ.