އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި ވަނީ އިތުރުކޮށްފަ އެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައިވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު ތަކެތި ރާއްޖެ ގެނައުމަށް އެސްޓީއޯ އިން ތައްޔާރުވެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެސްޓީއޯ އިން ބުނީ މިކަން ކަމަށް ތައްޔާރުވުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޒަަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ކާނާ ރާއްޖެއިން ހެއްދުމުގެ އިތުރުން ސަރުކާރުން ރާވާފައި އޮތީ، ރާއްޖެއިން ބޭރުން ބިން ހޯދައިގެން ބައެއް ބާވަތްތައް އުފެއްދުމަށްފަހު ގެނައުން ކަމަށެވެ.