ads
20 ވަނަ ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
މެމްބަރުން ޓައި އަޅައިގެން ޖަލްސާއަށް އަންނަން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ރަސްމީކޮށް ޓައި އަޅައިގެން މެމްބަރުން ވަޑައިގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.
Advertisement

އަބްދުއްރަހީމް މިކަމަށް އެދިވަޑައިގަތީ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާއަށް މަޖިލީހުގެ ބައެއް މެންބަރުން ޓައީ ނާޅުއްވާ ވަޑައިގަތުމުން އެކަމަށް އިޝާރާތް ކުރައްވައެވެ. 

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މެމްބަރުންގެ ރަސްމީ ގަޑިއަކީ ޖަލްސާ އޮން ވަގުތުކަމަށެވެ. އެހެންކަމުން ރަސްމީކޮށް އެ ގަޑީގައި ހެދުން އެޅުމަށް އަބްދުއްރަހީމް އެދިވަޑައިގަތެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރަސްމީ މަސައްކަތުގެ ގަޑި. އެ ގަޑީގައި އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވާނީ ރަސްމީ ހެދުންކޮޅުގައި. އެހެންވީމަ ރަސްމީ ހެދުން އަޅުގަނޑުމެން މި މާނަ ކުރަނީ ޓައީއާ އެކީގައިވީމަ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

 

މިއަދުގެ ޖަލްސާއަށް ބައެއް މެމްބަރުން ވަޑައިގަތީ ޓައި ނާޅުއްވައެވެ. މިކަމާއި ގުޅުވާ އަބްދުއްރަހީމް ވިދާޅުވީ މެމްބަރުން ގަދަރާއި ކަރާމަތާއި އިއްޒަތް ހިފަހެއްޓުމަކީ މެމްބަރުންގެ ޒިންމާއެއްކަމަށެވެ. އެހެންކަމުން އެ ގޮތަށް އަމަލުނުކުރަން އަބްދުއްރަހީމް އެންގެވިއެވެ. 

"އަޅުގަނޑުމެންގެ މަޖިލީހުގެ އިއްޒަތާއި ގަދަރާތް ކަރާމާތް ހިފެހެއްޓުމަކީ އަޅުގަނޑުމެން ހުރިހާ މެމްބަރުންގެ މައްޗަށް އޮތް ލާޒިމު ކަމެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އޮތީ ދައުރުން ބޭރުން ބާއްވާ ޖަލްސާއެކެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް