ads
ފޮރިން މިނިސްޓަރު ހަލީލް
ރައްޔިތުންނަކީ ޑިމޮކްރަސީގެ އެއް އަސާސް: މިނިސްޓަރު ހަލީލް
ރައްޔިތުންނަކީ ޑިމޮކްރަސީގެ އެއް އަސާސު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

ޑިމޮކްރަސީ ދުވަހާއި ގުޅިގެން ހަލީލް ކުރެއްވި އެކްސް ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ގައުމުގެ މުއައްސަސާތަކާއި މުޖްތަމައު އަދި ރައްޔިތުންނަކީ ޑިމޮކްރަސީ އެންމެ ވަރުގަދަ އަސާސުތައް ކަމަށެވެ. 

ހަލީލް އިތުރަށް ވިދާޅުވީ ދިވެހި ރާއްޖެ ޑިމޮކްރަސީ އަށް ކުރީ އުނދަގޫ ނަމަވެސް މުހިންމު ދަތުރެއް ކަމަށާއި މި ދަތުރުގެ ސަބަބުން ދިވެހިންނައް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ގޮސްފައިވާ ކަމަށެވެ. 

އެ ގޮތުން އެއްބައިވަންތަކަމާއި އެކުވެރިކަމާއި ހަމަހަމަ ކަމުގެ އިތުރުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ފަދަ މުހިންމު އެތަށް ކަމެއް ހިމެނޭ ކަމަށް ކުރިން ހެލްތް މިނިސްޓަރު ކަން ވެސް ކުރެއްވި ހަލީލް ވިދާޅުވި އެވެ. 

މީގެ އިތުރުން ޑިމޮކްރަސީ ނެގެހެއްޓުމަށްޓަކާއި އެންމެ ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށާއި ދިމާވާ އުނދަގޫތަކުން ގައުމު އަރައިގަތުންމަށް ވަކި ބަޔަކު މަސައްކަތް ކުރުމުގެ ބަދަލުގައި އެންމެ އެކައްޗެއް ކިޔައިގެން ކުރިޔަށް ދިއުން މުހިންމު ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

"ޑިމޮކްރަސީ އެންމެ ފުރިހަމަ ގޮތުގައި ރާއްޖޭގައި އޮތުމަށް ލިބޭ ފުރުސަތު ތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ބޭނުން ކުރަން ވާނެ" ހަލީލް ވިދާޅުވި އެވެ.

ކަރާމާތާއި، ސުލްހައާއި، އެއްބައިވަންތަކަން ދަމަހައްޓައި، އުޖާލާ މުސްތަގްބަލެއް ކަށަވަރުކޮށްދޭ ޑިމޮކްރަސީއެއް އުފެއްދުމަށް އެންމެން އަތުގުޅުވަލައިގެން މަސައްކަތް މިނިސްޓަރުގެ ޕޯސްޓުގައި ވަނީ ގޮވާލާފައި އެވެ. 

ބައިނަލްއަގްވާމީ ގޮތުން ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އދ. އާންމު މަޖިލީހުން ނިންމާފައިވަނީ 2007 ވަނަ އަހަރު އެވެ. 

މި ދުވަސް ފާހަގަކުރަން ނިންމާފަވަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މި ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ގައުމުތަކުގެ ޑިމޮކްރެސީއަށް ކުރާ މަސައްކަތް ބަލައި، އެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް