ads
އާސިފް
ކަރެކްޝަންސްގެ އޭސީޕީ ނެގުން ހުއްޓުމުގެ އަމުރު ދަމަހައްޓައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރު އެ ކޯޓުން ދަމަހައްޓައިފި އެވެ.
Advertisement

ކަރެކްޝަންސްގެ ސޯޝަލް ހަރަކާތްތައް ހިންގާ، ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ މުހައްމަދު އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު އާސިފް ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އޭނާ ދައުވާކުރަން ނިންމުމުން، އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ސިވިލް ކޯޓުން ކުރިން އޮތީ ކުރިން އަމުރެއް ނެރެފަ އެވެ.

ނަމަވެސް އެ އަމުރު މުރާޖާކޮށްދިނުމަށް ދައުލަތުން އެދުނީ އާސިފް ކުރަމުން އައި މަސައްކަތް ނުރަސްމީ ގޮތެއްގައި އެހެން މުވައްޒަފުންތަކަކާ ހަވާލުކުރަން ޖެހިފައިވުމުން އެއީ ހައްގު ނޫން ބުރައެއް އުފުލަންޖެހުން ކަމަށް ބުނެ އެވެ. 

ނަމަވެސް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އަމުރު ބާތިލުކުރަންޖެހޭ ތަނެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް