
ކުރިން އެ ގަވައިދުގައި އޮންނަ ގޮތުންނަމަ ހިދުމަތްދޭ އިރު މުވައްޒިފުން ތިބެން ޖެހޭނީ ކާކުކަން އިނގޭނެ ފަދަ ގޮތަކަށެވެ.
ނަމަވެސް މޫނު ބުރުގާއެޅި މުވައްޒިފުން މިކަމާއި ގުޅިގެން ސަކުވާ ކުރުމުން އެ މުވައްޒިފުން ޓެގް ބޭނުން ކުރަން އެ ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގާފައި އެވެ. ނަމަވެސް އޭރުވެސް ގަވައިދަށް ބަދަލެއް ގެނެސްފައި ނުވެ އެވެ.
އެކަމަކު އިއްޔެ ގެނައި އިސްލާހަކުން، އެކަން މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ގެޒެޓުގައި އާއްމުކޮށްފައިވާ އިސްލާހުގައި މިހާރު ބުނަނީ ހިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން ތިބެން ޖެހޭނީ، އެ މީހެއްގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ހަރުކޮށްގެން ކަމަށެވެ.
މި ގޮތަށް ސިވިލް ސާވިސް ގަވައިދު ބަދަލުކުރެވިފައިވާ އިރު ސަރުއީ ދާއިރާގައި މަސައްކަތް ކުރާ މޫނު ބުރުގާ އަޅައިގެން ހިދުމަތް ދެވޭ ގޮތަށް ދާދިފަހުން ވަނީ ބަދަލު ގެނެސްފަ ކަން ފާހަގަ ކޮށްލަން ޖެހެ އެވެ.