ads
ނޭޕާލްގެ ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރު ސުޝިލާ ކަރްކީ
ނޭޕާލްގެ އާ ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ދަންނަވައިފި
ނޭޕާލްގެ އާ ބޮޑުވަޒީރަކަށް ސުޝިލާ ކާރްކީ އައްޔަންކުރުމާ ގުޅިގެން، އެކަމަނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
Advertisement

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާއަކީ ނޭޕާލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި، ކާމިޔާބީއަށް ރައީސް އެދިވަޑައިގަންނަވާފައި ވެއެވެ.

ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ އާ ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ނޭޕާލުގައި ކުރިޔަށް ދިޔަ މުޒާހަރާތަކާ އެކު ބޮޑުވަޒީރުކަމުގެ މަގާމުން ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ މަގާމާއި ހަވާލުވެވަޑައިގެންފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. 

ނޭޕާލްގެ ބޮޑުވަޒީރުގެ ގޮތުގައި ސުޝިލާ މަގާމުގެ ހުވާކުރެއްވުމާއި ގުޅިގެން ސިފައިން ވަނީ ކާފިއުތަކަށް ލުއި ދީ، މަގުތަކުން ސިފައިންނާއި ފުލުހުން މަދުކޮށްފަ އެވެ.

އާންމުން ވެސް ކުރީގެ ދިރިއުޅުމަށް އެނބުރި ދާން ފަށައި ފިހާރަތަކާއި އޮފީސްތައް ވަނީ ހުޅުވަން ފަށައިފަ އެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާ އެކު މުޒާހަރާތައް ފެށުނަސް ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއަކަށް ބަދަލުވެ ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ގާނޫނުހަދާ މަޖިލީހާއި ސިޔާސީ ބައެއް ބޭފުޅުންގެ ގެދޮރުގައި ވަނީ ހުޅުޖަހައިފަ އެވެ. 

އަދި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 51 މީހަކު ވަނީ މަރުވެފަ އެވެ.

ނޭޕާލުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މަނާކުރުމާ ގުޅިގެން ޒުވާނުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ޕްރެޝަރު ބޮޑުވެ އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދެއްވާފައި ވަނީ 9 ސެޕްޓެމްބަރު ގައި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް