ads
ދެ ފޭސް ގުޅޭތާ އޮންނަ ޗެނަލް
ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދުގެ މޫދުގައި އިންޖީނުލީ އެއްޗެހި ދުއްވުން މަނާ ކުރަނީ
ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދުގެ މޫދުގައި އިންޖީނުލީ އެއްޗެހި ދުއްވުން މަނާ ކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
Advertisement

އެޗްޑީސީން މިއަދު ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގުޅޭ ސަރަހައްދުގައި އޮންނަ ޗެނަލް އަކީ ކުޑަކުދިން އަދި ބޮޑެތި މީހުންވެސް މޫދަށް އެރި އަދި އެހެންނިހެންވެސް ކަންކަމަށް ބޭނުން ކުރާ ތަނެއް ކަމަށެވެ. 

އެޗްޑީސީން ބުނީ އެސަރަހަށްދުގައި އެ ކުންފުނިން ކުރިޔަށް ގެންދާ ތިމާވެށި ހިމާޔާތް ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހަށްދުގައި މުރަކަ އިންދާ އާލާކުރަމުން އަންނަކަމަށެވެ. 

އެ ސަރަހައްދަށް އިންޖީނުލީ އުޅަންދުތައް ވަދު ނިކުމު އުޅުމުގެ ސަބަބުން އެ ސަރަހަށްދަށް މޫދަށް އެރޭ ފަރާތްތަކާށާއި އަދި އެ ކޯޕަރޭޝަނުން އިންދާ އާލާ ކުރަމުން އަންނަ މުރަކަ ތަކަށްވެސް ގެއްލުން ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށް އެޗްޑީސީން ބުނެ އެވެ. 

your imageދެ ފޭސް ގުޅޭތާ އޮންނަ ޗެނަލް

އެޗްޑީސީން ބުނީ މިކަންކަން މިހެން އޮތުމުގެ ސަބަބުން 19 ސެޕްޓެމްބަރު 2025 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދުތައް އެ ސަރަހައްދަށް ވަދެ ނިކުމެ އުޅުން މަނާ ކުރަން ނިންމާފައި ވާ ކަމަށެވެ. 

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ އާންމުންގެ ފަރާތުން މިފަދަ ނިންމުންތަކަށް ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރާކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް