ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
ނޫސްވެރިން ބޭރުކޮށް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށް، މީޑިއާ ކޮންޓްރޯލް ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހު ސިއްރިއްޔާތުގައި ކޮމިޓީ ބާއްވައި ބިލު ފާސްކޮށްފި އެވެ.
Advertisement

އެ ބިލު ފާސްކުރީ ކޮމިޓީގައި އޮންނަ ޕީއެންސީގެ ސުޕަމެޖޯރިޓީގެ އިއްތިފާގުންނެވެ. މިއަދު ކޮމިޓީއަށް ބައެއް ބަދަލުތަކެއް ވެސް ގެނަ އެވެ. ބިލުގެ ވޯޓަށް އެހުމުން ނޫސްވެރިން ނުރުހުން ފާޅުކުރީ މަޖިލީހަށް ހުށަހަޅާފައި އޮތް ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް އަހާތީ އެވެ.

އެއާއެކު ކޮމިޓީގައި ނޫސްވެރިންނާއި ބައެއް އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަން ފެށުމުން ކޮމިޓީ މެދުކަނޑާލި އެވެ. އޭރު ވޯޓަށް އަހާފައި އޮތް ނަމަވެސް ބިލު ފާސްވި ކަމަށް އިއުލާނެއް ނުކުރެ އެވެ.

ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން އަޑުއަހަން ތިބި ކޮމިޓީގައި އިސްލާހުތަކާ އެކު މުޅި ބިލު ފާސްކުރަން ވޯޓަށް އެހުމުން އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަން ފަށާފަ އެވެ. އެ ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ އެ ބިލާ ދެކޮޅަށް 151 ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހަޅާފައި އޮއްވައި އެ ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.

އޭޖީގެ އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް މިހާތަނަކަށް ނޭނގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް