މީގެ ތިން އަހަރު ކުރިން، 2022 ވަނަ އަހަރު ހިނގި މި ހާދިސާގައި ރާއްޖެ ސަރަހައްދުން އަތުލައިގަތް ލަންކާގެ މަސް ބޯޓަށް ކިޔަނީ "އަނުސްކާ ޑެސްހަން" އެވެ. އެ ބޯޓުގެ ވެރި މީހާއާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާގައި އެދިފައިވަނީ އެ މީހާ އަތުން 400،000 ހޯދުމަށާއި ބޯޓު ދައުލަތަށް ނެގުމަށެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ދައުލަތުން އެދުނު 400،000 ރުފިޔާ ދެއްކުމަށް އެ މީހާގެ މައްޗަށް ހުކުމް ކުރިއަސް، އެ މީހާގެ ބޯޓު ދައުލަތަށް ނަގާކަށް ހުކުމެއް ނުކުރެއެވެ. މި މައްސަލައިގެ ހުކުމް ކުރީ އެ މީހާގެ ގައިރު ހާޒިރުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މި ބޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން ހިފެހެއްޓީ މ. މުލީގެ އިރުން 79 ނޮޓިކަލް މޭލު ދުރުންނެވެ.