
އެޗްއާރުސީއެމްގެ ނައިބުގެ މަގާމަށް ޝަފީގު އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ. މަޖިލީހުން މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ހަވަނަ ޖަލްސާގައި، ޝަފީގަށް ރުހުން ދިނުމާ މެދު މިއަދު ނެގި ވޯޓުގައި އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 68 މެންބަރުންގެ ތެރެއިން 67 މެންބަރުންނެވެ.
އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދެވެ.
ޝަފީޤް ވަނީ މީގެކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭގެ ސީއީއޯކަން ކުރައްވައިފަ އެވެ.
އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ ކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ.