ads
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖޭގެ ވަފްދު ބައިވެރިވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ
އައިއޭއީއޭގެ މެމްބަރަކަށްވާން ރާއްޖޭން ހުށަހެޅި އެޕްލިކޭޝަން ބަލައިގެންފި
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ މެންބަރު ގައުމަކަށްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފި އެވެ.
Advertisement

އައިއޭއީއޭ ގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މިނިންމުން ނިންމާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމު ގައެވެ.

މިއީ އައިއޭއީއޭ ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމާފައި ވަނީ އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ އަގުލަބިއްޔަތުންނެވެ.

އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން ރާއްޖޭގެ އެ ހުށަހެޅުން ބަލައިގަންނަން ނިންމީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގަ އެވެ. 

އެ ބައްދަލުވުމުގައި، ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. 

އައިއޭއީއޭއާ ގުޅުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

އައިއޭއީއޭއަކީ އަސްކަރީ މަގްސަދުތަކަށް ނިއުކްލާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1957 ވަނަ އަހަރު ގާއިމުކުރެވުނު ބައިނަލްއަގުވާމީ ޖަމުއިއްޔާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް