ads
ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ހެދުމަށް އެމްޕީއެލްއިން އެލިއާ އިންވެސްޓްމަންޓާއެކު ސޮއިކުރުން
ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް އަޅަނީ
ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ހެދުމަށް އެމްޕީއެލްއިން އެލިއާ އިންވެސްޓްމަންޓާއެކު މިއަދު ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރުން ހިމެނޭ ކަމަށެވެ. 

އެގޮތުން އެ އެއްބަސްވުމަކީ ކުޅުދުއްފުށީގައި ހަދާ ޑޮކްޔާޑާ އެކު ތަރައްގީކުރަން ހަމަޖެހިފައިވާ ތަނެއް ކަމަށް ވިދާޅުވި އެވެ.

އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ، މިކަމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މި މަސައްކަތަކީ ގުޅިގެން ދެފަރާތުން މަސައްކަތް ކުރުމުގެ ފެށުމެއްކްމަށެވެ.

"ވަރަށް އުންމީދުތައްވެސް އަޅުގަނޑުމެންގެ ފުޅާ. މިއީ ފެށުމެއް. އަޅުގަނޑުމެންވެސް އުންމީދުކުރަނީ ދިގުދެމިގެންދާއިމީ ގުޅުމަކަށްވާނެކަމަށް" އަލާއު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހަދާ ޔަމަހާގެ ސާވިސް ސެންޓަރުގެ އަމަލީ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް