ads
ސައީދު، ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރެއްވުން: ލުއި ލޯނު ސްކީމާ ގުޅޭ ގޮތުން ވަނީ ޚިޔާލު ހޯއްދަވައިފައި - ފޮޓޯ: ސައީދު، އެކްސް
ލުއި ލޯނާއި ގުޅޭގޮތުން ކޮންޓެންޓް ކްރިއޭޓަރުންނާ ސައީދު ބައްދަލުކުރައްވައިފި
ސޯޝަލް މީޑިއާގައި ތަފާތު މަސައްކަތްތައް ކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށް ދޫކުރާ ލުއިލޯނާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް، އެ ދާއިރާގެ ފަންނުވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

އެދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލުހޯދުމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ކޮންޓެންޓް ކްރިއޭޓަރުންނާއި ބައްދަލުކުރައްވާފައިވާއިރު، ރައީސް މުއިއްޒު ރޭ ވަނީ، އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ވަޢުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެ ދާއިރާގެ މީހުންނަށް ފުރުސަތު ލިބޭގޮތަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ލޯނަށް ހުޅުވާލަން އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެފަދައިން ވިދާޅުވުމާ ގުޅިގެން، ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީޑިއާގައި އޯޑިއޯއާއި ވީޑިއޯ ކޮންޓެންޓް އުފައްދާ އަދި ސޭލްސް އާއި މާކެޓިންގެ މަސައްކަތް ކުރާ މީހުންނާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

"އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯދައި އެ ހިޔާލުތަކާ ވީހާވެސް އެއްގޮތްވާ ގޮތުގެ މަތީން މި ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ މަސައްކަތްތައް މިދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ތަސައްވުރެކެވެ.

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ މެނިފެސްޓޯގެ މުހިންމު ވައުދުފުޅަކަށްވާއިރު، 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސް ވަނީ މި އަމާޒު ހާސިލްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް