ads
މި ޕްރޮމޯޝަން ނިމުމުން، 50،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭ 50 ނަސީބުވެރިން ހޮވާނެ. - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އެމެކްސް ކްރެޑިޓް ކާޑަށް 50000 ޕޮއިންޓް ލިބޭ ޕްރޮމޯޝަނެއް
ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް, 50،000 ރިވާޑް ޕޮއިންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
Advertisement

ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 14 އޮކްޓޫބަރުގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަން ނިމުމުން، 50،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭ 50 ނަސީބުވެރީން ހޮވަން ވަނީ ނިންމައިފައެވެ.

އަށްހާހަށް ވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، އެ ބޭންކުގެ ޕާޓްނާ މާޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެ އެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ބީއެމްއެލް ރިވާޑްސް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެއެވެ.

ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗާވެސް ހޯދޭނެ އެވެ.

ބީއެމްއެލްގެ މޮބައިން ބޭންކިންގ އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެއެވެ.

މި ޕްރޮމޯޝަނާއި ބެހޭ މައުލޫމާތު މި ލިންކުން ލިބިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް