ads
ޔޫތު މިނިސްޓަރު، އިބްރާހިމް ވަހީދު
ރަޖިސްޓްރީ ކުރި މީޑިއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ވެސް ބިލު ހިނގާނެ: މިނިސްޓަރު
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު، ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވެސް ތަންފީޒުވާނެ ކަމަށް ޔޫތު މިނިސްޓަރު އިބުރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު ވިދާޅުވީ ރަޖިސްޓްރީ ކުރެވިފައިވާ މީޑިއާއަކުން ހިންގާ އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކުރާ ހަބަރާއި މައުލޫމާތަށް އެ މީޑިއާއަކުން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.

މީޑިއާ ބިލާ ގުޅޭގޮތުން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްވާޑު ވަނީ މި ބިލަކީ އާންމުންނާއި އަމިއްލަ ގޮތުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އަމާޒުކުރެވިފައިވާ ބިލެއް ނޫންކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ކޮންޓެންޓް ހަދާ ޒުވާނުންނާއި އާންމު ފަރާތްތަކުން ކުރާ ޕޯސްޓުތަކާއި ދައްކާ ވާހަކަތަކަކީ މި ބިލާ އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫން ކަމަށާއި، އެފަދަ ފަރާތްތައް ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބިލުގައި "މީޑިއާ" މާނަކޮށްފައިވަނީ ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް ކަމަށާއި، ބިލު ތަންފީޒުވާނީ ވެސް ހަމައެކަނި އެފަދަ މީޑިއާތަކަށް ކަމަށެވެ.

 އެހެންކަމުން، ރަޖިސްޓްރީ ކުރެވިފައިވާ މީޑިއާއަކުން ހިންގާ ސޯޝަލް މީޑިއާ އެކައުންޓެއް މެދުވެރިކޮށް ހިއްސާކުރާ ކޮންމެ މައުލޫމާތަކީ އެ މީޑިއާގެ ޒިންމާއެއް ކަމަށާއި، އެކަންކަން ބިލުގެ ދަށުން ބެލޭނެ ކަމަށް މިނިސްޓަރު އަސްވާޑު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް