ads
އުރީދޫ އޭއައި ކަލަންޑަރު
ރަންނަމާރިއާ ވާހަކަދައްކާލާނެ ފުރުސަތު އުރީދޫން ފަހިކޮށްދީފި
ރާއްޖޭގެ މަޝްހޫރު ފުލޯކު ވާހަކައެއްގައި އުޅޭ ފުރޭތައެއްކަމަށްވާ ރަންނަމާރި އާ ވާހަކަ ދެއްކުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ފަހިކޮށްދީފި އެވެ.
Advertisement

މި ފުރުސަތު ހުޅުވާލާފައިވަނީ، ދިވެހި ފުލޯކު ވާހަކަތަކުގެ ކެރެކްޓާތައް ހިމަނައިގެން އެ ކުންފުނިން ތައްޔާރުކޮށްފައިވާ އާ ކަލެންޑަރުގެ ތެރެއިންނެވެ. މި މަހަށް ހާއްސަ ކެރެކްޓަރަކީ ރަންނަމާރި ކަމަށް ވާއިރު، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު އެ ކެރެކްޓަރާ ޗެޓްކޮށްލެވޭނެ އެވެ.

މި ފީޗާ ބޭނުންކުރެވޭނީ އުރީދޫގެ ކަލެންޑަރުގައިވާ ކިއުއާރު ކޯޑް ސްކޭން ކޮށްގެން ނުވަތަ އެންއެފްސީ މެދުވެރިކޮށެވެ. އުރީދޫން ބުނީ މިފަދަ އީޖާދީ ކަމެއް ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ސަގާފަތާއި ތާރީހީ ވާހަކަތައް އާލާކޮށް ދިރުވުން ކަމަށެވެ. އަދި އާ ޖީލުތަކަށް މިފަދަ ވާހަކަތައް ތަފާތު ގޮތަކަށް ދަސްކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށްވެސް ބުންޏެވެ. މި ޗެޓްތައް ފަރުމާކޮށްފައިވަނީ ކެރެކްޓަރުގެ އަސްލު ސިފަތައް ހާމަވާނެ ގޮތަށެވެ.

އުރީދޫގެ ކެލެންޑަރުގައި ރަންނަމާރިގެ އިތުރުން ފޫޅުދިގު ހަންޑި، ސަފަރުކަތްދަ އަދި މާކުންބެ ފަދަ މަޝްހޫރު 12 ފުލޯކު ކެރެކްޓަރެއް ހިމެނެއެވެ. ކޮންމެ މަހަކު އާ ކެރެކްޓަރަކާ ޗެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޮންމެ 24 ގަޑިއިރަކުން ޗެޓް ރީސެޓްވާ ގޮތަށް ހަމަޖައްސާފައިވާއިރު، އެއް ސުވާލެއް ތަކުރާރު ކުރި ނަމަވެސް ޖަވާބު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ޗެޓްކުރާ ވަރަކަށް އޭއައި މެދުވެރިކޮށް ކެރެކްޓަރުގެ ވާހަކަތައް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް