ads
ފުލުހުން: ފޮޓޯ މޯލްޑިވްސް ޖާނަލް
މަޑުކުރަން އެންގުމުން ފިލި ދެމީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
ފުލުހުން މަޑުކުރަން އެންގުމުން، އެކަމަށް ނުކިޔަމަންތެރިވެ ފިލަން އުޅުނު ދެމީހަކު މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ މުހައްމަދު ނާޒިޝް ނާސިމް އާއި އުމުރުން 18 އަހަރުގެ ނާއީމް އަބްދުއްރަޝީދު އެވެ. އެ ދެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވެ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް، ކަންނެލި ޖެޓީ ސަރަހައްދުން ސައިކަލެއްގައި ދިޔަ ދެމީހެއްގެ އަމަލުތަކާމެދު ޝައްކު އުފެދުމުން ކަމަށެވެ. ފުލުހުން މަޑުކުރުމަށް އެންގުމުން އެމީހުން މަޑުނުކޮށް ސައިކަލުގައި ދުއްވާފައި ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންގެ ފަހަތުން ފުލުހުން ގޮސް އެ ދެމީހުން ހުއްޓުވާފައިވަނީ ސައިމާ ހިނގުން ފްލެޓްތައް ހުންނަ ސަރަހައްދުންނެވެ.

އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނުމާ ގުޅިގެން އެމީހުން ހައްޔަރުކޮށް، އެމީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް