ރައީސް ސޯލިހު މިކަމަށް ގޮވާލެއްވިއިރު، މިއަދު މަޖިލީހުން އެ ބިލު ވަނީ ފާސްކޮށްފައެވެ.
ފާސްކުރާނެ ކަމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އިސްލާހުތަކަކާ އެކު އިއްޔެ ފާސްކޮށްފަ އެވެ. ކޮމިޓީން މި ބިލު ފާސްކުރިއިރު، ނޫސްވެރިން ދިޔައީ ބިލާ ދެކޮޅަށް މުޒާހަރާކޮށް، އެ ބިލު ބޭރުކުރުމަށް ގޮވަމުންނެވެ. އަދި މިއަދުވެސް ބައެއް ނޫސްވެރިން ދަނީ މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާ ކުރަމުންނެވެ.
އެހެންކަމުން، އެމަނިކުފާނުގެ އިލްތިމާސަކީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ބިލު މަޖިލީހުން ބޭރުކޮށްދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.