
ލީވާން ހައްޔަރުކޮށްގެން ގެންދަނީ
މީޑިއާ ބިލާ ދެކޮޅު އިހްތިޖާޖުގެކުރި ނޫސްވެރިޔާ ލީވާން ހައްޔަރުކޮށްފި
މުހައްމަދު އާދަމް އަހްމަދު
16 ސެޕްޓެމްބަރ 2025 - 17:43:13
މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުުރަން އުޅޭ ކޮންޓްރޯލު ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ދޮށަށުގައި މިހާރު ކުރަމުންދާ އިހްތިޖާޖުގެ ތެރެއިން ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހައްޔަރުކޮށްފިއެވެ.
މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ އިހްތިޖާޖުން ފުލުހުން ހައްޔަރުކުރި ލީވާން އަކީ އަދަދު ނޫހުގެ ނޫސްވެރިޔެކެއެވެ. އަދި އޭނާއަކީ މީޑިއާ ކައުންސިލްގެ މެމްބަރެކެވެ. ލީވާން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑީއޯ ވަނީ އާއްމުވެފައެވެ.
ފުލުހުން ބުނީ ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅާފައިވާ މައްސަލައިގައި 40 އަހަރާއި 28 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް