ހަބަރު /

އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖު ކުރަނީ
ޖަލްސާ ފަށައިފި، އިދިކޮޅު މެމްބަރުން އިހްތިޖާޖުގައި
މުހައްމަދު އާދަމް އަހްމަދު
16 ސެޕްޓެމްބަރ 2025 - 17:18:41
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ފާސްކުރަން ބާއްވާ ރައްޔިޔުން މަޖިލީހުގެ ހާއްސަ ޖަލްސާ ފަށައިފިއެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއެވެ. އޭނާއަކީ މީޑިއާ ކޮންޓްރޯލް ކުރަން މަޖިލިހަށް ހުށައަޅާފައިވާ ބިލް ތައްޔާރުކުރުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ.
ޖަލްސާ ފެށުމާއި އެކު އިދިކޮޅު އެމްޑީޕީ މެމްބަރުން އަންނަނީ އިހްތިޖާޖުކުރަމުން ނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ވަނީ ތިން މެމްބަރެއްގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފައެވެ. އެއީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލާއި ގަލޮޅު ދެކުނު ދާއިރާގެ މެެމްބަރު މީކާއިލް އަހްމަދު ނަސީމާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދުއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް