ads
ޖުމްހޫރީ މައިދާން އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ޖުމްހޫރީ މައިދާނަށް އާ ސިފައެއް: މަރާމާތުގެ މަސައްކަތް ފަށައިފި
މާލޭގެ ޖުމްހޫރީ މައިދާނަށް އާ ސިފައެއް ގެނައުމަށް، އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

މި މަސައްކަތް ކުރަމުން ދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. އާރްޑީސީން ވަނީ މި މަސައްކަތުގެ އަޕްޑޭޓްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މައިދާނުގައި ހުރި ކޮންކްރީޓް ބެންޗުތައް ތަޅާލުން ހިމެނެއެވެ. އެއަށްފަހު، އެ ސަރަހައްދު ސާފުކޮށް، އާ ބެންޗުތައް ބެހެއްޓުމަށްޓަކައި ކޮންކްރީޓް ލީންގެ މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީން ބުންޏެވެ. މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އާއި އާރްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތްތަކާ ގުޅިގެން ޖުމްހޫރީ މައިދާންގެ އެއްބައި ވަނީ އާންމުންނަށް ބަންދުކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ހިމެނޭ އެމްއެމްއޭއާ ދިމާލު ބަނދަރުވެސް ވަނީ މަރާމާތުގެ މަސައްކަތަށްޓަކައި ބަންދުކޮށްފައެވެ. މި މަސައްކަތް ނިމުމުން ޖުމްހޫރީ މައިދާނަށް އާ، ރީތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް