ads
މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން
ހެލްތް އެސްޓެބްލިސްމަންޓް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި
ހެލްތް އެސްޓެބްލިސްމަންޓް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި އެވެ.
Advertisement

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ދުވަހު ގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި މި ސިސްޓަމް އިފްތިތާހު ކޮށްދެއްވީ ރައީސްގެ އަނބިކަބަލުން ސާޖިދާ އިބްރާހިމް އެވެ. 

މި ރަސްމީޔާތުގައި މެޑަމް ސާޖިދާގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި ހެލްތެ މިނިސްޓްރީގެ އިސްވެރިންވެސް އަދި އެ ދާއިރާގެ އެހެން ނިހެން ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. 

މި ހަފްލާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުޑަ ކުދިންގެ ރައްކާތެރިކަމާއި ކަރާމާތް ރައްކާތެރިކަމާއި އެކު ބެހެއްޓުމަކީ ކޮންމެ ފަރާތެއްގެ ޒިންމާ އެއްކަމަށާއި އެހެންކަމުން ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހޭ ކަމަށެވެ. 

" އަލަށް ދުނިޔެއަށް އުފަންވާ ކުއްޖާ އަށް އެ ކުއްޖާގެ މައިމީހާ އަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާ އެއް، ޒިންމާ އެންމެންވެސް އެބަ ޖެހޭ އަދާ ކުރަން" ނާޒިމް ވިދާޅުވި އެވެ.

2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފަހަގަ ކުރަމުން އަންނަ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ދުވަހަކީ ބަލިމީހުން ހުށަހެޅިފައިވާ ނުރައްކާތަކުން ސަލާމަތް ކޮށްދީ އެމީހުންގެ ހައްގުތައް އެ މީހުންނައް އެންމެ ފުރިހަމަ ގޮތުގައި ފޯރު ކޮށްދިނުމެވެ. މި އަހަރުގެ ސިޔާރެެއް ކަމުގައި ކަނޑައަޅާފައިވަނީ ކުޑަކުދިން އަދި ތުއްތު ކުދިންނައް ހާއްސަ ކުރެވިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް