މިކަން އިއުލާން ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް، އިއްޔެ ބޭއްވި ދައުރުން ބޭރުގެ ޖަލްސާގަ އެވެ. މި ނިންމުން ނިންމާފައިވަނީ މީޑިއާ ބިލް ދިރާސާކުރި ކޮމިޓީގައި ނޫސްވެރިން އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.
މި މައްސަލަ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވަން ރިޔާސަތުން ގަސްދުކުރާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއީ ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށެވެ. މި އިސްލާހުގެ ދަށުން، މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އުސޫލެއް ކަނޑައަޅައި، އެ އުސޫލުތަކާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ގަވާއިދުގައި ބަޔާންކުރާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;