ads
އިރްފާން ހާނާއި ނަރެންދްރަ މޯދީ--
އިރުފާން މަރުވުމަކީ ފިލްމީ ދުނިޔެއަށް ލިބުނު ބޮޑު ގެއްލުމެއް: މޯދީ
މިއަދު ހެނދުނު މަރުވި ކުޅަދާނަ އެކްޓަރު އިރުފާން ހާންގެ މަރަކީ ފިލްމީ ދުނިޔެއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިރުފާން ފިލްމުތަކުގައި ކުރި ރީތި އަދި ތަފާތު މަސައްކަތްތައް ދުވަހަކު ވެސް ހަދާނުން ނުނެތޭނެ ކަމަށެވެ.

މޯދީ ވަނީ އިރުފާންގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، މި ހިތާމަވެރި ދަނޑިވަޅުގައި ކެތްތެރިވުމަށް އެދިވަޑައިގަންފަ އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި އިރްފާން މަރުވިއިރު އޭނާގެ މަންމަ، ސައީދާ މިދިޔަ ހޮނިހިރު ދުވަހު ވަނީ ޖެއިޕޫރުގައި މަރުވެފަ އެވެ. އެކަމަކު ދަތުރުފަތުރުކުރުން މަނާވެފައިވުމުން އިރްފާނަށް އޭނާގެ މަންމަގެ ޖަނާޒާގައި ބައިވެރިވެވޭ ގޮތެއް ނުވެ އެވެ.

މަދުން ނޫނީ ނުފެންނަ" ކެންސަރު ބައްޔެއްގެ ޝިކާރައަށްވިކަން އިރްފާން ހާމަކުރީ 2018 ވަނަ އަހަރު އެވެ. މިއާއެކު ދެ އަހަރު ދުވަހު، ފިލްމީ ދާއިރާއާ ދުރަށް ޖެހިލިއިރު އޭނާ އެނބުރި އައިސް ސަޕޯޓަރުންނާއި ބައްދަލުކުރިތާ އަދި މާ ދުވަހެއް ނުވެ އެވެ. މިދިޔަ މާޗު މަހުގެ 20 ގައި ނެރުނު ފިލްމު "އަނގްރޭސީ މީޑިއަމް" އިން އުމުރުން 53 އަހަރުގެ އިރްފާން އެންމެ ފަހުން ފެނިގެންދިޔައިރު އެ ފިލްމަކީ ކާމިޔާބު ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް